ކޭ-ޕާކް ރެސިޑެންސްގެޝަރުޢީމަރުހަލާގައި އަޅާނުލާކަމަށާއި، ފުލުހުން މައްސަލަބަލައިގެން ހައްލެއްނުލިބުންކަމަށް މާފަންނު އުތުރުދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ،
މެންބަރު ނާޒިމް މިހެންވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިންގ މަޝްރޫއުއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެންދިޔުމާމެދު، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ގަރާރަށް ބަހުސްކުރައްވަމުން މާފަންނު އުތުރުދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ވާހަކަފުޅުގައި، 2 ސަރުކާރެއް ބަދަލުވެއްޖެކަމަށާއި އެކަމަށް ހައްލެއްލިބިގެން ނުދާކަން ފާހަގަކޮށްފައިވެއެވެ. އަދި މިސަރުކާރުން މިމައްސަލަ ހައްލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އިތުރަށް ނާޒިމް ވިދާޅުވީ، ކޯޓުތަކުގައި ފަޑިޔާރުހެދުންލައިގެން ފުލުހުން ޔުނިފޯމްލައިގެން އުޅުނުކަމުގައި ވިޔަސް އެއީ މިމައްސަލައަށް ހައްލެއްނޫންކަމަށެވެ.
އަދި މައްސަލައިގައި ހިމެނޭ މީހުން ވީއްލިގެން ހަމަޖެހި ލައިގެން މާލޭގައި އުޅެމުންދާކަމަށާއި ގެއްލުންވި ފަރާތްތަކަށް ހައްލުނުލިބި ގޮސްހުސްވެ މަގުމަތިގައި ދުވަނީކަމަށްވެސް އިޝާރަތް ކުރެއްވިއެވެ.
ނާޒިމްގެ ވާހަކަފުޅުގައި ބޭންކަކަށް މިއަދު ދިޔަސް ބޭންކުން ކުރާ ޝަކުވާއަކީ، މިޤައުމުގައި ޝަރުޢީ މަރުހަލާގައި ކަންކަން ނުނިމޭކަމުގައެވެ. އަދި އެއްވެސްކަމަކަށް މިއަދު ހައްލެއްނެތްކަމަށާއި، މިކަންކަމަށް ހައްލުލިބޭނީ ޝަރުޢީ ދާއިރާ އަދި ފުހުންގެކަންކަން ހައްލުވެގެންކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ 23 ޖޫން 2025 ގައެވެ. އަދި އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ 3 ޖުލައި 2025 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުމުގައެވެ.
މި މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

































