ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވުމާ ގުޅިގެން މާލެއިން ފެން ހިންދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ފަށައިފިއެވެ.
މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤައުމީ ދިފާޢީ ބާރުން ވިދާޅުވި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް 3 ސަރަހައްދެއްގައި މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ދިފާޢީ ބާރުން ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައެވެ.

































