އެމްޑީޕީގެ 20 ވަނަ އަހަރީ ހަފުލާ މުލިއާގެ ކަންމަތީގައި ބާއްވަން ތައްޔާރުކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހާމަކޮށްފިއެވެ.
ފައްޔާޒު މިރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް މި ޕާޓީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، މި ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، މިހާރު ގަސްތު މިކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށެވެ. ފައްޔާޒު ކުރެއްވި ޕޯސްޓުގައިވެއެވެ.

އަދި އިތުރަށް ޕޯސްޓުގައި ވަނީ، ވީމާ މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާނަމަ، އެމް.ޑީ.ޕީ އަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ. ފައްޔާޒުގެ ޕޯސްޓުގައި ވެއެވެ.
އެމްޑީޕީ އާއީ ގުޅުމަށް ދަ ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެން އެމްޑީޕީން ވަނީ ހޫނު މަރުހަބާ ކިޔާފައެވެ.

































