އެމް.ޑީ.ޕީއަކީ އަބަދު ވެސް ހުރިހައި ވިސްނުމަކަށާއި ހުރިހައި ފިކުރުތަކަށް މަރުޙަބާކިޔާ ޕާޓީއެއްކަމަށް މާލޭސިޓީގެ މޭޔަރ އާދަމް އާޒިމް ހާމަކޮށްފިއެވެ.
އާޒިމް މިކަން ހާމަކޮށްފައިވަނީ މިއަދު މޭޔަރު ގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައެވެ. އެޕޯސްޓުގައިވަނީ، އެމް.ޑީ.ޕީއަކީ އަބަދު ވެސް ހުރިހައި ވިސްނުމަކަށާއި ހުރިހައި ފިކުރުތަކަށް މަރުޙަބާ ކިޔާ އަދި ދިމާވާ ޚިޔާލުތަފާވުންތައް ޙައްލުކުރުމަށް، މަޝްވަރާ ކުރުން އިސްކުރާ ޕާޓީއަށްވުމުން، ދަ ޑިމޮކްރެޓްސްގެ މެމްބަރުން، އެމް.ޑީ.ޕީއާ ގުޅުމަށް ނިންމެވި ނިންމެވުމަށް، އަޅުގަނޑު މަރުޙަބާ ދަންނަވަމެވެ.

އިތުރަށް ޕޯސްޓުގައި ހިއްސާކޮށްފައިވަނީ، ކުރިން ވެސް އަދި މިހާރު ވެސް، އަޅުގަނޑުމެން އެންމެ އިސްކުރަންޖެހޭ މަސްލަޙަތުތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ޤައުމުގެ މަސްލަޙަތުތަކާއި އަދި ކާބަފައިން ވާރުތަ ކޮށްދެއްވާފައިވާ އާދަކާދަތަކަށް އިޙުތިރާމްކޮށް އަގުކުރުންކަމަށް ވާތީ، އަޅުގަނޑުމެން އެންމެން ގުޅިގެން މި ދެންނެވި މަޞްލަޙަތުތަކަށް އިސްކަން ދޭން ޖެހޭނެކަމަށް އަޅުގަނޑުދެކެމެވެ. އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅުން ދެޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ދަނީ މަރުހަބާކިޔަމުންނެވެ.

































