އިސްރަށްވެހިންގެ ހާލު ބެލުމުގެ ޕްރޮގްރާމެއް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލް އާއި ފޮއްދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުރާސްފަތި ދުވަހު ކުރިއަށްގެން ގޮސްފިއެވެ. ފޮއްދޫ ކައުންސިލްގެ ރައީސް މުޙަންމަދު މޫސާ “ އެން ނިއުސް “ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިޕޮރޮގްރާމްގެ ބޭނުމަކީ ރަށުގައި ތިބި އިސްރަށްވެހިންގެ ހާލު ބަލާ އެފަދަ މީހުންނާ ބައްދަލްކޮށް ރަށުގެ ކަންކަމުގައި އިސްރަށްވެހިން ދެކޭގޮތް ބަލާ މަޝްވަރާ ކޮށް އިސްރަށްވެހިންނާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލުން ކަމަށެވެ.

ފޮއްދޫ ކައުންސިލުން އިސްރަށްވެހިންގެ ހާލު ބެލުމަށް ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއަ ޕޮރްގްރާމްގައި ކައުންސިލާއި އތމ ކޮމެޓީގެ ހުރިހާ މެމްބަރުން ބައިވެރިވެ އިސްރަށްވެހިން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް އެފަރާތްތަކާ ބައްދަލުކޮށް ހާލު އޮޅުން ފިލުވާ ހެދިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ޕޮރްގާމްތައް ހިންގާ ރަށުގެ ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރި ވުން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

































