މާލޭގައި ހިނގާ ޑްރަގު ކެފޭތައް ބަންދުކުރުމަށް ހިންގާ އޮޕަރޭޝަންގައި ފުލުހުން ނުކުމެ ފިލާ ޖަހާ ތަނެއް ބަންދުކޮށްފިއެވެ.
މި މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި، މުޖުތަމަޢު މަސްތުވާތަކެތީގެ ގެއްލުންތަކުން ރައްކާތެރިކުރުމަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ފުލުހުން އެކްސްގައިކޮށްފައިވާ ޕޯސްޓްގައި ބުނެއެވެ.
ފުލުހުން ބުނީ މާލެގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ތަންތަން ދެނެގަނެ، އެފަދަ ތަންތަން ބަންދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
ފުލުހުން އެކްސްގައިވަނީ މިމަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯވެސް ޙިއްޞާކޮށްފައެވެ.
އެ ފޮޓޯތަކުން ފެންނަނީ ތަނެއްގައި ފުލުހުން ފިލާ ޖަހާ ބަންދުކުރާތަނެވެ. އެހެންނަމަވެސް އެ ބަންދުކުރި ތަނަކާއި އެނޫންވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި، މުޖުތަމައު މަސްތުވާތަކެތީގެ ގެއްލުންތަކުން ރައްކާތެރިކުރުމަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތުގެ ބައެއްކަމަށެވެ. ފުލުހުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރަތްތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަމުންކަމަށްވެސް ފުލުހުން ބުނެއެވެ.

































