މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަށް ޕާމަނަންޓް ސެކްޓްރީ (ޕީ އެސް) އެއް އައްޔަނު ކުރައްވައިފިއެވެ އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ އަޙްމަދު ޝިޔާއު އައްޔަން ކުރައްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ އެ މަގާމް އައްޔަންކުރެއްވިކަން ހާމަކޮށްފައެވެ.
އަޙްމަދު ޝިޔާއުއަކީ ދައުލަތުގެ އިސް މަޤާމުތަކުގައި ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ޝިޔާއު ވަނީ ދިފާޢީ ވުޒާރާގެ ޑިރެކްޓަރުކަމާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޝިޔާއު ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޑިގްރީ ހާސިލުކުރައްވާފައެވެ.

































