އެޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާގައި ދައްކާ ވާހަކަތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޑުއައްސަވާތީ، އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ޒުވާނުން އެމަނިކުފާނަށް ޝުކުރު އަދާކޮށްފިއެވެ.
މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު ”ޖަވިޔަނި“ އޮންލައިނަށް ދިން އިންޓަވިއު އެއްގައި ވަނީ މުޒާހަރާގެ މަޤްސަދާއި މުޒާހަރާ އިންތިޒާމު ކުރާ ފަރާތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ
މިގޮތުން މުޒަާހަރައިގެ ޒުވާނަކު ބުނީ މި މުޒާހަރާގެ މަޤުޞަދަކީ ފުލުހުން ޖަވާބުދާރީކުރުވުން ކަމަށާއި، ދޮގު ހަދައި އޮޅުވާލައިގެން ކޮށްފައި ހުރި ކަންތައްތައް ދެފުށް ފެންނަ ގޮތަށް ހުޅުވާލަދިނުން ކަމަށެވެ.
މީގެ އިތުރުން އެ ޒުވާނާ ބުނީ މިއީ އެއްވެސް ޕާޓީއެއް އަދި އެއްވެސް ގޭންގެއްވެސް މަޖުބޫރުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި، ވަރަށް ބައިވަރު ޕްރެޝަރު އަންނަ ކަމަށެވެ. އަދި ޒުވާނުންގެ ޑިމާންޑްތައް މަދުމަދުން ފުއްދަވައިދެއްވަމުން ގެންދަވާތީ ރައީސް ޑރ. މުޢިއްޒަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް އިންޓަވިއު ދިން ޒުވާނުން ވަނީ ބުނެފައެވެ.
މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެކަންކަމަށް ބަލާލާއިރު :
- އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުން
- ތުހުމަތުކުރެވޭ ހުރިހާ އެންމެން ހައްޔަރުކޮށް، އަދަބު ދިނުން
- ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލުނު ސަބަބު ސާފުކޮށްދިނުން
- ތަހުގީގަށް ހޯދުނު ހުރިހާ ހެކިތައް ހާމަކުރުން
- ފުލުހުންގެ ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުން
- ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާދިނުން
- މިނިސްޓަރު އަމީނާއި ހޯމް މިނިސްޓަރު އަލި އިހުސާނު އިސްތިއުފާ ދިނުން
މުޒާހަރައިގެ އިސްކޮށް ޙަރަކާތްތެރިވި ޒުވާނަކުވަނީ އެމީހުން ދައްކާ ވާހަކަ އަޑުއައްސަވާ އަދި އެއަށް ޢަމަލުކުރަމުންދާތީވެ ،ރައީސް ޑރ. މުއިއްޒުއަށް ޝުކުރު އަދާކޮށްފައެވެ.. އެ ޒުވާނުން ބުނީ މުޒާހަރާތައް ސިޔާސީކޮށް ނުފޫޒު ފޯރުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދޭނެ ކަމަށް ވެސް އެޒުވާނުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އެ ޒުވާނުން ވަނީ މައްސަލަ ބެލުމަށް ރައީސް ޚާއްސަ ކޮމިޝަން އުފެއްދިކަން ފާހަގަކޮށްފައެވެ. އަދި އެދުނީ ކުރީ ސަރުކާރުން ހެދި ގޮތަށް ނަތީޖާއެއް ނުނެރެވޭ ކޮމިޝަނަކަށް މި ފަހަރު ވިޔަ ނުދިނުމެވެ.
އެ ޒުވާނުން ވަނީ މުޒާހަރާގެ ބައިވެރީން ދައްކާ ވާހަކަ ރައީސް އަޑުއައްސަވާތީވެ އެކަމަށް ތަކުރާރުކޮށް ރައީސްއަށް ޝުކުރު އަދާކޮށްފައެވެ.
ކަންކަން ރަނގަޅުކޮށް، އެ ބޭނުންވާ ކަންކަން ހާސިލްކުރަން އެދޭނަމަ، އެ މަނިކުފާނުގެ ގާތަށް އައިސް އެ ވާހަކައެއް ދެއްކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު މެލޭޝިޔާއަސް ފުރާވަޑައިގަތުމުގެ ކުރިން، ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
.

































