ބ. އޭދަފުށީގައި ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރަށްނުކުމެ އުޅޭ ކުދިިންގެ މަޢުލޫމާތު ފުލުހުން ނަގަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މިކަމަކީ، ރޭގަނޑު ދިހައެއްގެ ފަހުން ބެލެނިވެރިޔަކާއި ނުލައި ގެއިންބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކޮށް، ކުށްތަކަށް އަރައިގަނެވިފައިވާ ކުދިން އަލުން މުޖުތަމައަށް ނެރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިކަން ފުލުހުން ކުރިއަށްގެންދަނީ، ކައުންސިލް އިދާރާތަކާ ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިގޮތުން ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން މި މަސައްކަތް ފަށައިފައިވަނީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިންގެ އަދަދު މަދުކޮށް، ކުޑަކުދިން ހިމާޔަތްކޮށް އަދި ކުށް މަދު މުޖުތަމައެއް ޤާއިމުކުރުމުގެ މަޤްސަދުގައި ކަމަށް ފުލުހުން ބުނެއެވެ.
ރަށްރަށުގައި އަމާން މުޖުތަމައުއެއް ޤާއިމްކުރުމުގެ ގޮތުން ފުލުހުން ދަނީ، ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.

































