އައްޑޫ ސިޓީ އަށް ދިމަވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީއަށް ގެންދާ 1.8 މެގަވޯލްޓޭޖްގެ އައު ޖެންސެޓް ބުދަ ދުވަހު އައްޑޫ ސިޓީ އަށް ގެންދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުދަ ދުވަހު ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ގެނެވުނު 1.8 ކިލޯ ވޯޓްގެ އިންޖީނު މިހާރު މާލެ އިން އައްޑޫއަށް ގެންދިއުމަށް އުޅަނދަކަށް ލޯޑު ކުރެވި ފުރުވާލެވިފައިވާކަމަށެވެ.
ފެނަކައިން މިހެން ބުނެފައިވަނީ ބުދަދުވަހު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
މި އުޅަނޑު އައްޑޫއަށް ބަންދަރު ކުރުމަށް ތާވަލު ކުރެވިފައިވަނީ ބުދަދުވަހުގެ 21:30 ހާއިރު ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ. މި އިންޖީނުގެ އިތުރުން ވެސް 1،000 ކިލޯވޮޓްގެ އިންޖީނެއް މިމަހުގެ 11 ވަނަ ދުވަހު އައްޑޫއަށް ވަނީ ފޮނުވާފައެވެ.
ފެނަކައިން މިހާރުވެސް އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މީގެ ކުރިން ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީން މި ރޯދަ މަހުވެސް އިންޖީނުތައް މަރާމާތުކުރުމަށް ކަރަންޓްގެ ޙިދުމަތް މެދުކަނޑާލފަވެއެވެ. . މިގޮތުން އަންގާރަ ދުވަހުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހިފައިވެއެވެ. އައްޑޫއިން އިރުއިރުކޮޅާ ކަރަންޓު ެނޑޭ މައްސަލައިގައި އައްޑޫ ސިޓީގެ ރައްޔިތުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފެނަކައިން ބުނަނީ އައްޑޫގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ޒަމާންތަކެއް ވަންދެން އިންޖީނު މަރާމާތުނުކުރުމުގެ ސަބަބުން މައްސަލަ ދިމާވެގެން ކަމަށެވެ. މި މައްސަލަތައް ހައްލުކޮށް، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ

































