އީދަށް މާލެ ސިޓީ ،ވިލިމާލެ އަދި ހުޅުމާލެގައި ކުލަބޮކި ޖަހާ މުޅި މާލެ އޭރިޔާ ދިއްލާލުން މިއީ މާލެސިޓީގެ މޭޔަރަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު ވަރަށް ކުލަގަދަކޮށް ކުރައްވަމުން ގެންދެވި މަސައްކަތެއް.ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭރުގެ ސަރުކާރުގެ އުނދަގޫތަކާއި ކުރި ދުއްތުރާ ތަކުގެ ތެރެއިން ވެސް ކާމިޔާބު ކަންމަތީ ޢީދަށް މާލެ ސިޓީ ،ވިލިމާލެ އަދި ހުޅުމާލެގައި ކުލަބޮކި ޖަހާ މުޅި މާލެ އޭރިޔާ ދިއްލާލުން އެއީ ރައީސް މުއިއްޒު ކުރެއްވި ކާމިޔާބު ކަމެއްކަމަށް އަރީޝް ވިދާޅުވިއެވެ.
”އަނެއްކާވެސް ކުރިއައް މިދަނީ ސަރުކާރުން ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ އިރުޝާދުގެ ދަށުން މިކަން ފަށަން ސިޓީސް މިނިސްޓްރީ އިން ނިކުންތަން,“ އަރީޝް އެކްގައި ކުރެއްވި ޕޯސްޓްގައި ވިދާލުވިއެވެ.
ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ސިޓީސް މިނިސްޓްރީން އެކަން ކުރަމުން ގެންދާކަން ފާހަގަ ކުރައްވާ އަރީޝް ވިދާޅުވީ އެ މަސައްކަތަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮންނާނެކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ދެންނެވި ކަަމަށެވެ.
ސަރުކާރުން މި އަހަރު ވަނީ 65 ރަށެއްގައި އީދު ލައިޓް ހަރުކުރުމަށް ނިންމާފައެވެ. މި އަހަރުގެ ފިތުރު ޢީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން މިހާރު ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

































