ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ މަންދޫބުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިންތިހާބު ވެވަޑައިގެންފި އެވެ.
އެ މަޤާމަށް ނާޒިމް އިންތިޛާބުވެވަޑައިގެންފައި ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ 67 ވަނަ ކޮމަންވެލްތް ޕާލިމެންޓަރީ ކޮންފަރަންސްގަ އެވެ.
ސަރަހައްދީ މަންދޫބުންގެ ދައުރު ދެމިގެންދަނީ 3 އަހަރަށް ކަމަށް ވާއިރު ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ސަރަޙައްދީ މަންދޫބުންނަކީ އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމާއި، ސަރަހައްދުތަކުގެ މަސްލަހަތު ފައިދާހުރި ގޮތެއްގައި ތަމްސީލުކުރޭތޯ ބެލުމުގައި މުހިންމު ދައުރެއް އަދާކުރާބައެކެވެ.
އަދި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ބައިވެރިވުމާއި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން، ސަރަޙައްދީ މަންދޫބުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

































