އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ނިލަންދޫ ސްކޫލުގެ ކެޑޭޓުންނާއި ސްކައުޓުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ބާއްވައފިއެވެ.
ޤައުމީ ދިފާޢީ ބާރުން ބުނީ، ފެބުރުވަރީ 2 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެވެއަރނެސް ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވާކަމުގައެވެ . މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވެސް ވަނީ ދަސްކޮށްދީފައިވެއެވެ.
ފ.ނިލަންދޫ ސްކޫލުގެ 52 ކެޑޭޓުންނާއި 41 ސްކައުޓުން ބައިވެރިވި މި ސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.

































