ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށްކުރި މަސައްކަތުން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ ހުށަހަޅާފައިވަނީ މި ޖަނަވަރީ މަހު 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ތުހުމަތުކުރެވޭ މީހާ ހޯދައި ސުވާލުކޮށް އެ ތަކެތި ވަނީ ހޯދާފައެވެ.
ހޯދިތަކެތީގެ ތެރޭގައި ސެންޓުފުޅި ތަކަކާއި އަންނައުނާއި ބޫޓު އަދި އަވިއައިނު ހިމެނެއެވެ. މި ތަކެތީގެ އަގަކީ 2000 ޑޮލަރު ކަމަށް ވެރިފަރާތުން މައުލޫމާތުދީފައިވާކަމަށް ފުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


































