ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ޝަރީފްފެ ޕާސްޕޯޓް ހިފާއްޓާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އޭސީސީން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
ޝަރީފާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޝަރީފްއާ ގުޅިގެން ބަލަމުން އަންނަނީ ސީދާ ކޮން މައްސަލައެއް ކަމެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

































