މާލެ ސިޓީކައުންސިލްގެ 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ 2025 ވަނަ އަހަރު 23 މިލިޔަން ރުފިޔާ ކަމަދުންކަމުގައި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރ މުޙައްމަދު ސައިފު ފާތިޚް ވިދާޅުވެއްޖެއެވެ.
ކައުންސިލަރ ސައިފު މިހެންވިދާޅުވީ މިއަދު ބަޖެޓާ ބެހޭގޮތުން ވާހަކަ ފުޅުދައްކަވަމުންނެވެ. ކައުންސިލަރ ވިދާޅުވީ، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން، މާލެސިޓީ ކައުންސިލަށް ދޭން، ޤާނޫނުގައި ކަނޑައަޅުއްވާފައިވާ މިންވަރު ނުލިބޭކަމަށެވެ.
ސައިފު އިތުރަށް ވިދާޅުވީ، 2024 ވަނަ އަހަރަށް ވުރެ ދައުލަތުގެ ބަޖެޓް، އެތައް ތަނަކުން އިތުރުވި އިރު، ދައުލަތުގެ ބަޖެޓުން މާލެ ސިޓީ ކައުންސިލަށް ދޭން ނިންމި ފައިސާގެ ޢަދަދު، 2024 ވަނަ އަހަރަށް ވުރެ، 2025 ވަނަ އަހަރު، 23 މިލިޔަން ރުފިޔާ މަދު ކަމަށެވެ.
މާލޭސިޓީ އިން ބުނީ، 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރީ، މިއަދު އޮތް މާލެ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 178 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ކަމަށެވެ. މި ޖަލްސާގައި 2025 ވަނަ އަހަރު މާލެ ސިޓީކައުންސިލަށް ލިބޭނެކަމަށް ލަފާކުރާ ޢާމްދަނީއާއި ހިނގާނެ ޚަރަދުގެ ތަފުޞީލު ޕްރަޒެންޓޭޝަނެއް ހުށަހެޅުނެވެ. 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓްގެ ޖުމުލައަކީ 487،225،846.50 ރުފިޔާއެވެ.

































