ނެޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީއާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތްކޮށް ގެތަކުގެ އެސެސްމެންޓު ހެދުމުގައި ވަނީ ހަރަކާތްތެރިވެފައެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކީ އެ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ރެޑްކްރެސެންޓާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ގެއްލުން ލިބިގެން ރިޕޯޓުކުރެވުނު ގިނަ ގެތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ބުރާސްފަތި ދުވަހުންފެށިގެން ރާއްޖެއަށް ކުރިވިއްސާރައިގައި މޭލޭ ސިޓީގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ބޮޑެތިގެންލުންތަކެއްވަނީ ލިބިފައެވެ. އަދި ގިނަ އަތޮޅުތަކެއްގެ ރަށްތަކަށް ވަނީ އުދައެރުމާއި ވާރޭވެހި ގެތަކަށް ފެންވަދެ ތަފާތު ބޮޑެތިގެއްލުންތަކެއް ލިބިފައެވެ.

































