އަވައްޓެރި އިންޑިއާ އާއި ދެކޮޅަށް ހިންގި ”އިންޑިއާ އައުޓް“ ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެމެހެއްޓި ނަފުރަތެއްކަމާއި އަދި ހަރުކަށި ފިކުރެއް ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރޭ އަދީބު އެކްސް ގައި ކުރެއްވި ފޯސްޓުގައި ހިއްސާކުރައްވާފައިވާނީ، 2024 ވަނަ އަހަރުން ފެށިގެން އަދީބު އާ ގުޅުންއޮންނަ ރަހުމަތްތެރި އިންޑިއާގެ މީޑީއާތަކަށް ރައީސް ޔާމީންގެ ނަފުރަތުގެ ފިކުރެއްގެ ގޮތުގައި ”އިންޑިއާ އައުޓް“ ކެމްޕޭންގެ ހަޤީޤަތް އޮޅުން ފިލުވާއިދެމުންގެންދާ ކަމަށެވެ. އަދި އެއީ ރައީސް ޔާމިން ގެއްގުޅުއްވާ ނަފުރަތާއި ހަރުކަށި ފިކުރެއްކަމަށް ވެސް ހިއްސާކޮށްފައިވެއެވެ.
އަދީބު އެކްސްގައި ކުރެއްވި ފޯސްޓުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، އިންޑިއާގެ ޓީވީ ސްޓޭޝަނެއް ކަމުގައިވާ “ ވިއޯން “ އަށްދެއްވި އިންޓަވިޔުގެ ބައެއްވަނީ ހިއްސާކޮށްފައެވެ. އަދި ވަޒީރު ޚަލީލު ހަޤީޤަތް ހާމަކޮށްދެވީކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، އަދީބު ދައުލަތައް ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ މަސް ދުވަސް ތެރޭގައި މީރާއަށް ދައްކަން 31 ޑިސެމްބަރ 2024 ދުވަހު ސިވިލް ކޯޓުންވަނީ އަދީބުގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ފަހުން ހުކުމް ތަންފީޒު ކުރެއްވީ ގޭގައި ހުންނަވައިގެންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހުދުވަސްކޮޅު ، އަދީބުއަށް ވަނީ މާފު ދެއްވާފަ އެވެ. އޭގެފަހުން އަދީބު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ.

































