ބޯކޮށް ވާރޭވެހުމާއި އުދައެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފި އެވެ.
އެންޑީއެމްއޭ ގެ ރަސްމީ އެކްސް އެކައުންޓުންއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ބޯކޮށް ވާރޭވެހުމާއި އުދައެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އުދައަރައިގެން ރިޕޯޓުކުރީ، ށ. ނަރުދޫ އަދި ރ. އިނގުރައިދޫން ކަމަށާއި ވާރޭވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ އާއި އެ އަތޮޅު މީދޫ އަދި ފ. ނިލަންދޫ އާއި އެ އަތޮޅު މަގޫދޫން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ބައެއް ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ، ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އަދި ޖެހިފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

































