”ހަފުތާރެސް“ ޕްރޮގްރާމް އަކީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ފަންނާއިބެހޭ ވުޒާރައިން ބުނީ، މިޕްރޮގްރާމު އެންމެ ފަހުން ބާއްވާފައިވަނީ ގދގެ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެންނެވެ. މި ޕްރޮގުރާމަކީ ކޮންމެ ރަށެއްގައި ވެސް ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުތަކެއްކަމަށެވެ،
މިއަހަރު މިހާތަނަށް “ ހަފުތާރެސް“ ގެ ތިން ޕްރޮގްރާމެއް ވަނި ކުރިއަށް ގެންގޮސްފައެވެ.
މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ މި އަހަރުގެ ކުރީކޮޅު އައްޑޫ ސިޓީގައެވެ. ދެވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ހދ އަތޮޅުގައެވެ.


































