ތ.ތިމަރަފުށީ ގެޔަކަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި 5 މީހަކު ހައްޔަރުކޮށްފިއެވެ
ފުލުހުން ވިދާޅުވީ ތިމަރަފަފުށީ ގެޔަކަށް އިއްޔެ 13:27 ހާއިރު ފަސްމީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ މިހާރުވަނީ މި ފަސްމީހުން ހައްޔަރުކޮށްފައެވެ
މިގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ޖަހާމުގުރިގެ، އަހުމަދު އަމީން (36އ) އާއި ތ. ތިމަރަފުށި، ސަލްވާ، އަހުމަދު ޝަހުދީ (38އ) އާއި ކ. މާލެ، ވ. ވަވަތް، މުހައްމަދު ރައޫފު (54އ) އާއި ތ. ތިމަރަފުށި، ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް (39އ) އަދި ތ. ތިމަރަފުށި، ހިރި، އާޞް އިބްރާހީމް (32އ) އެވެ
ފުލުހުން ވިދާޅުވީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ

































