މިރޭ މާލެ އާއި ހުޅުމާލޭގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހަވާ އަރުވަން ހަމަޖެހިފައިވަނީ ރޭގަނޑު 8:00 ހާއިރު، ހުޅުމާލެ ފޭސް 3 ސަރަހައްދުގައެވެ. މިއީ އަމިއްލަ ފަރާތަކުން އެދިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ހަވާއަތުވަނީ އާޓިފިޝަލް ބީޗް ގައި މިރޭ 21:00 ގައެވެ. މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. މިރޭ ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަވާއެރުވުމުގެ ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރަށެވެ.
އެމްއެންޑީއެފުން ވަނީ ރޭވެސް ހުޅުމާލެ ފޭސް 3 ސަރަހައްދުގައިވެސް ހަވާއަރުވާފައެވެ. ހަވާއެރުވުމުގެ އެ ހަރަކާތަކީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ކަމެއްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

































