ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފިއެވެ.
ދިވެހިބަހުގެ އެކަޑަމީން ބުނީ، މި މަހުގެ 24ގައި ފެށި ކޯސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށެވެ.
ދިހަ ގަޑިއިރަށް ކުރިއަށްގެންދާ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.
އެގޮތުން މި ކޯހުގައި ކުރިއަށްގެންދިޔަ ބައިތަކުގެ ތެރޭގައި:
ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުމާއި ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުމާއި ސާފު ރީތިބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދިނުމާއި ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުމާއިބަދަލުވާ އަކުރާއި ތާނައިގައި ތިކިޖަހައިގެން ލިޔާނެ އުސޫލު އޮޅުންފިލުވައިދިނުން ހިމެނެއެވެ.
އެކެޑަމީން ބުނީ މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދިޔައީ ފަސް ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ. އަދި މި ދެ ކޯހުގެ ބައިވެރީންނަށް ކިޔަވައިދެއްވާނީ ގައުމީ ޔުނިވާސިޓީގެ ދާރިސެއް ކަމުގައިވާ އަލްފާޟިލާ އަޒީޒާ އަފީފެވެ.


































