ފަތުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިހާދު މަޤާމުން ސަސްޕެންޑްކުރައްވައިފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ނިހާދު ސަސްޕެންޑް ކުރައްވާފައިވަނީ ރޭގައި ޕީއެންސީން ބޭއްވި ލައިވްކޮށް ގެނެސްދިން ޕީއެންސީގެ ”ހަރުގެ ޖަލްސާ “ ގައި ދެއްކެވި ވާހަކަތާ ގުޅިގެންނެވެ. އެނާގެ ވާހަކަގައި، އެމްޑީޕީއިން ޓުއަރިޒަމަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަމަށްވަނީ ތުހުމަތުކޮށްފައެވެ. އަދި ޖަލްސާގައި އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން އެމްޑީޕީއިން ވަނީ އެވާހަކަތައް ތަހުގީގުކޮށްދިނުމަށް ކަމާއިބެހޭ ވުޒާރައިން އެދި މިއަދު ނޫސްބަޔާނެއްވެސް ނެރެފައެވެ،
ނިހާދުގެ މިތުހުމަތުތަކާއިގުޅިގެން ރައްޔިތުންގެ މެދުގައި އަންނަނީ ކަންބޮޑުވުން ފާޅުކުރުމުންނެވެ، އަދި ރޭގެ ޖަލްސާގައި ނައިބުރައިސްގެ އިތުރުން ސަރުކާރުގެ ވަޒީރުން ބައިވެރިވަޑައިގެންނެވިކަން ފާހަގަކޮށްލަން ޖެހެއެވެ.
ނިހާދު ސަސްޕެންޑުކުރި މައްސަލާގައި މިހާތަނަށް ސަރުކާރުން މާގިނަ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެއެވެ.


































