އިމާމުން ތާޒާ ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން އައްޑޫގައި ކުރިއަށްދާ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ބައިވެރިންނާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އައްޑޫއަށް ވަޑައިގަންނަވާ އިމާމުންނާ ބައްދަލުކުރައްވާފައިވަނީ ހޯމަ ދުވަހުގެ ރެއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ލަޠީފް ވިދާޅުވީ، އިމާމުން ތަމްރީން ކުރުމާއި އިމާމުންނަށް އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއްކަމަށާއި، މި ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް އެދިލައްވާކަމަށެވެ.
އިމާމުން ތާޒާ ކުރުމުގެ މަޝްރޫއުގެ ދަށުން އައްޑޫގައި ކުރިއަށްދާ ޕްރޮގުރާމުގައި 68 އިމާމުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމުގެ ދަށުން މިއަހަރު މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު 804 އިމާމުން ވަނީ ތަމްރީންވެފައެވެ.

































