އުސްއިމާރާތްތަކުގައި ހިނގާ އަލިފާން ނިއްވުމަށްބޭނުންކުރާ ފެންހޮޅި ހިފައިން 200 މީޓަރ މައްޗަށް އުދުހޭ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފް އަށް ހަދިޔާ ކޮށްފިއެވެ.
މިއަދު ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ހިއްސާކުރި ފޯސްޓުގައި އެކުންފުނީގެ ފަރާތުން އެމްއެންޑީއެފް އަށް ހަދިޔާކުރި ތަކެތީގެ ތަފްސީލްވަނީ ހިއްސާކޮށްފައެވެ.
އެކުންފުނި އެކްސް ގައި ކުރިފޯސްޓުގައިވަނީ، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށްޓަކައި ފެންޖެހުމަށް ބޭނުންކުރާ ޑްރޯން އަކާއި ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަޞީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއެއް އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާކަމުގަ އެވެ. އަދި މިއަދު ހަދިޔާ ކުރެވުނު އަލިފާން ނިއްވުމަށް ބޭނުން ކުރާ ޑްރޯން އަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ޤާބިލްކަން ލިބިފައިވާ ޑްރޯންއެއްކަމާއި އަދި ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާރމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ޤާބިލްކަން ލިބިފައިވާ ވަޞީލަތެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ފޯސްޓުން ހިއްސާކޮށްފައިވާ ފޮޓޯތަކުން އެމްއެންޑީއެފް އާއި ތަކެތި ހަވާލު ކުރުމަށް ރަސްމިއްޔާތެއް ބޭއްވިކަން އެނގެ އެވެ. އަދި ހަދިޔާ ކޮށްފައިވާ ތަކެތީގެ އަގެއް އަދި ފޮޓޯއެއް މީޑިއާއަށް ހިއްސާކޮށްފައިނުވެ އެވެ. އަދި މިއަދު ސްޓެލްކޯއިން އެމްއެންޑީއެފް އަށް ހަދިޔާ ކުރި ތަކެތީގެ ތަފުސީލެއް އެމްއެންޑީއެފް އިންވެސް އަދި ހާމަކޮށްފައެއްނުވެ އެވެ.

































