މާލޭގެ ކެފޭއެއްގައި އަންގާރަ ދުވަހުގެ ރޭ ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާފަންނު ޝަހީދު އަލީ ގޯޅީފައި ހުރި ކެފޭއެއްގެ ތެރޭގައި މާރާމާރީ އެއް ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީ ގައި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކަށެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

































