ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް އެ މަގާމުން އިސްތިއުފާ ދީފި އެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމުން ސުހައިލް އިސްތިއުފާ ދެއްވައިފައިވާ މިވަނީ އޭނާ އެ މަގާމުން ވަކި ކުރަން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމަށް ސުހައިލް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި އެކުންފުންޏަކީ އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެވެ.

































