ތަރިކައަކީ ޤައުމެއް ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ބެހޭ ހަރަކާތްތައް ޝަރަފުވެރުކޮށްދެއްވުމަށް ހުކުރު ދުވަހުގެ ރޭ ބ.ތުޅާދޫއިން ރ.މީދޫގެ ރައްޔިތުންނަށް ދެއްވި ޚާއްޞަ މަލާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދެ ބާވަތެއްކަމުގައިވާ އުމްރާނީ ތަރިކައާއި މާނަވީ ތަރިއަށް ވަނީ އަލިއަޅުއްވާލައްވާ ފައިވެއެވެ.
މިގޮތުން ވަޒީރު ވިދާޅުވީ ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދާދޭ އެއްޗަކީ އެ ބައެއްގެ ތަރިކަ ކަމުގައި، މި ގޮތުން އެބައެއްގެ ނިޝާންތަކާއި އަސަރުތަކާއި އެ ބައެއްގެ ކާބަފައިންގެ ޤާބިލުކަމާއި ކުޅަދާނަކަމުގެ ރަމުޒުތަކާއި އެއިން ލިއްބަދޭ މާނަތަކުގެ އިތުރުން ކާބަފައިން އުފުއްލެވި ތަކުލީފުތަކާއި ވެދެއްވި ޤުރުބާނީތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ގެނެސްދިނުން ކަމުގައެވެ.
ތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ތަރިކައިގެ ޤައުމީ މަޝްރޫޢުގެ މާނައަކީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވި ކަންކަންކަމާއި އެމަނިކުފާނުގެ ޤައުމީ މަޝްރޫޢޫގެ މަޤުޞަދަކީ އެ ޒަމާނަށް މީހުން ގެންދިއުމުގެ އިތުރުން އެންމެންގެ ހިތްތައް އޯގާތެރިކަމާއި އިހުސާންތެރިކަމުން ފުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައި. އަދި ދިވެހީންގެ ރޫޙާއި މުރާލިކަން ގެނައުންކަމުގައި ވަނީ ވިދާޅުވެފައި.

































