ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިގެން އެމްޓީސީސީ އިން ހެންވޭރު ފެރީ ޓާރމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލް ސަރަހައްދުގެ ފަޅުބޭނުންކުރުމަށް ހުޅުވާލައިފިއެވެ.
އެމްޓީސީސީއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކުންފުނިން ކޮށްފައިވާ އިޢުލާނެއްގައެވެ. އެ އިޢުލާނުގައި ބުނެފައިވަނީ، ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ، މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރަމެވެ.
އިތުރަށް އިޢުލާނުގައި ވަނީ ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން އެކުންފުނީގެ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށެވެ.
އިޢުލާނުގައި ހިއްސާކޮށްފައިވާ އީމެއިލް އެޑްރެސް: tsd@mtcc.com.mv އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް އެކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްމަށް ވެސް ކޮށްފައިވާ އިޢުލާނުގައިވެއެވެ.
އެންނިއުސް އަށް އެނގިފައިވާގޮތުގައި މާލެ އަށް ދަތުރުކުރާ ފަރާތްތަކަށް ލަފާފުރަން ފަސޭހަ ކޮށްދިނުމުގެ ގޮތުން މިއިންތިޒާމުތައް ހަމަޖެއްސުމަށް ސީދާ އެންގެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަން އެނިފައިވެއެވެ.

































