މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަޤާމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަޙީރު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ”އެކްސް“ގައި ކުރި ޕޯސްޓެއްގައިވަނީ އެކަން އިއުލާނު ކޮށްފަ އެވެ. ޕީސީބީން ބުނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމަށް މއ. އަޅިވިލާގެ، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަޙީރު އައްޔަންކޮށްފައިވާކަމަށެވެ.
މިފްކޯގެ ސީއީއޯގެ މަޤާމަށް ފަރުހަތު ހަމަޖެެއްސެވީ ކުރީން އެމަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މަޤާމުން ވަކިކުރައްވާފައެވެ. މިފްކޯގެ ސީއީއޯކަމުގެ މަޤާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އައްޔަނުކުރެވުނު ޑރ. ވިޓާލީ އެ މަޤާމުން ވަކިކޮށްފައިވަނީ މާޗްމަހުގެ ތިންވަނަ ދުވަހުގައެވެ.
މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތްކުރިއެރުވުމަށް 1993ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ

































